ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މާރުކޭޓު ސަރަހައްދަށާއި އެމްޕީއެލް ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު ހަވީރު ކުރިޔަށް ގެންދިޔަ ރިޔާސީ ކެމްޕެއިންގެ އެ ހަރަކާތުގައި މުއިއްޒު ވަނީ މާލޭގެ ބަނދަރު މަތީގައި އެވަގުތު ބަނދަރު ކޮށްފައިވާ ބައެއް މަސް ދޯނިފަހަރުތަކަށް އަރާ މަސްވެރިންގެ ޝަކުވާ ވެސް އަޑު އައްސަވައިފައެވެ.
އަދި ބާޒާރު މަތީގެ ފިހާރަތަކަށާއި މަސް މާރުކޭޓު ފަދަ ތަންތަނަށް ވަޑައިގެން އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޝަކުވާ މުއިއްޒު އަޑު އެއްސެވިއެވެ.
މުއިއްޒު ވިދާޅުވީ އެތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ގެނެސް ދެއްވާ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލާއި އިމާރާތުގެ ފެންވަރު ރަނގަޅު ކޮށްދީ ޕާކިން އަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.
"ޔަގީންކުރަނީ އެކިއެކި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް އަޅުގަނޑު ދައްކާ ވާހަކައަށް އިތުބާރު ކުރައްވާނެ ކަމަށް. މާލޭގައި ވިޔަސް ރަށެއްގައި ވިޔަސް ސިޔާސީ މަޤާމްތަކުން ފިޔަވައި އެހެން އެއްވެސް ވަޒީފާއަކުން މީހަކު ވަކި ނުކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކަފުޅުގައި މަސައްކަތުގެ މާހައުލަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނެސް އިތުރު ވަޒީފާތައް އުފައްދާ އާމްދަނީ އިތުރުވާނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުން ފުދުންތެރިކުރެވޭނީ އާމްދަނީ އިތުރުކުރެވޭނެ ގޮތް ހޯދައިދީގެން. ހުރިހައި ރައްޔިތުންނަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފުދުންތެރި ބަޔަކަށް ހަދާނަން،" މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ގެދޮރުވެރިކަން ޔަގީންކުރުމަށް ހިންގާ މަޝްރޫޢުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ