ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުން ވޯޓުލީކަމުގެ ނިޝާން ޖަހާނީ ވައަތުގެ ކަށި އިނގިލީގައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ފުރަތަމަ ބުރުގައި ފާހަގަޖެހީ ވައަތުގެ ޝަހާދަތް އިނގިލީގައެވެ. އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ވަނަ ބުރުގައި ވޯޓުލީކަމުގެ ފާހަގަ ޖަހާނީ ވައަތުގެ ކަށިއިނގިލީގައި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.
ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާއިރު، ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވާ ކަމަށް އީސީން ބުންޏެވެ. އެއީ 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ.
އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓާއިރު އެ ގައުމުތަކަކީ އިންޑިއާ އާއި ސްރީލަންކާ މެލޭޝިޔާ އަދި ޔޫއޭއީ އިތުރުން އިނގިރޭސިވިލާތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ