ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ވޯޓު ދިނުމަކީ އަނިޔާވެރިކަން ރާއްޖޭގައި އިޔާދަވުން ކަމަށް ޖުމްހޫރީ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ހުޅުމާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ކުރިމަތީގައި އޮތް ސުވާލަކީ އަނބުރާ އަނިޔާވެރިކަމުގެ ތެރެއަށް ދާނީތޯ ނުވަތަ ނޫންތޯ ކަމަށެވެ. އެ ސުވާލުގެ ޖަވާބު ދޭން ޖެހެނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަނިޔާ ލިބުނު ފަރާތްތައް އެކަން ނޫން ކަމަށް ވިދާޅުވިއެވެ. އެ ސުވާލު ފުލުހުންނާއި ސިފައިންނަށްވެސް ކުރިމަތިކުރެވޭ ކަމަށް އިލްހާމް ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ އެމްޑީޕީގެ މާޒީއަކީ "ޓަފް" މާޒީއެއް ކަމަށާއި އޭރު އޭނާ އިދިކޮޅު ހުރިއިރުވެސް އެމްޑީޕީން ކުރަމުން ދިޔަ މަސައްކަތަށް "އެޕްރިޝިއޭޓް" ކުރާ ކަމަށެވެ.
އެމްޑީޕީން ވަކިވި ޑިމޮކްރެޓުންނަށް އިލްހާމް ގޮވާލީ އަމިއްލަ މަސްލަހަތަށްވުރެ ގައުމު އިސްކުރުމަށް އިލްތިމާސްކުރަމުން އިލްހާމް ވިދާޅުވީ އަލުން ޕީޕީއެމްގެ ވެރިކަމެއް ރާއްޖެއައިސްފިނަމަ ރައްޔިތުން "ކަރުނަ އަޅާ ރޯނެ" ކަމަށެވެ.
ޔާމިންގެ ވެރިކަމުގައި ޖަލުގައި އަށް މަސް ދުވަސް ހޭދަކުރެއްވި އިލްހާމް ވިދާޅުވީ "ޕީޕީއެމް" އަށް އޮޅުވައި ނުލެވޭ ކަމަށެވެ. އެއަށް ފަހު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް އިޝާރާތްކުރައްވާ އިލްހާމް ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަނީ ޑރ މުހައްމަދު މުއިއްޒު ނޫން ކަމަށެވެ.
"ފަހަތުގައި ވަނީ ބިރުވެރި އަތެއް ނާމަން އަތެއް، ހެޔޮނުވާނެ އެކަން ނުކުރައްވާތީ، މި ގައުމަށް ގައްދާރުވުން އެއީ. ބޭނުންވަނީތޯ އަދިވެސް ޖަލުގެ ގޮޅިތައް ފުރާލަން" ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް ނިސްބަތްކުރައްވާ އިލްހާމް ވިދާޅުވިއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
އިލުހާމު އަހުމަދު އަހުމަދު އަކީ ދޭ ފުށް ކެހްރީ ގެ މިސާލު. އަދި ފުށް ގޯސް ހުއްނާ ބަންޑިޔާ.މިއަދު އެއް ޕާރޓީ މާދަމާ އަނެއް ޕާރޓީ...
މަންސޫރެ