ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތިއްޖާއަށް ނުފޫޒު ފޯރުވަން އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ވެރިކަންކުރާ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް "މިސް އިންފޮމޭޝަން" ކެމްޕޭނެއް ހިންގައި އޭގެ ތެރެއިން އަސްލެއްނެތް ދޮގުތަކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ.
"..އިންތިހާބުގެ ނަތިއްޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅުފަރާތްތަކުން ރާވަމުންދާކަމީ އެމްޑީޕީއާއި އަދާލަތު ޕާޓީއައި އަދި އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ އެންމެހާ ބައިވެރިން އިންތިހާއަށް ކަންބޮޑުވާ ކަމެއް" އެމްޑީޕީގެ ނޫސް ބަޔާނުގައި ބުންޏެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރައި އެންޓިކެމްޕޭނު ކޮށްގެން ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި އެކަން ކަމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެފަދަ "މިސް އިންފޮމޭޝަން" ގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިގެން ގެއްލި އަނދިރި ބާރުތަކުގެ މައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ