ނިމިދިޔަ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަނީ އެމަނިކުފާނު އަލުން ޖަލަށްލާފާނެތީ ނޫން ކަަމަށާއި އެ ވާހަކަ ދައްކަނީ ދެން އެކަން އަލުން ތަޖުރިބާ ކުރަންޖެހިއްޖެނަމަ އާއިލާތަކަށް ކެތް ނުވާނެތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންގެ އެންމެފަހު، ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު މިރޭ ވިދާޅުވީ ކެމްޕެއިން ކުރުމަށް އޮތް ކުޑަ ވަގުތުކޮޅުގެ ތެރޭގައި ބައިވަރު ކަންކަން ކުރެވިދާނެ ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު ވާހަކަތަކުގެ ހަގީގަތް ހާމަކުރުމާއި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް އަޅުގަނޑުމެން ދާން ބޭނުންނުވާ ސަބަބުތައް ރައްޔިތުންނަށް ކިޔައިދެވިދާނެ ކަމަށެވެ.
"...މި ވާހަކަ ދައްކަނީއެއް އަޅުގަނޑު ޖަލަށްލައި އެތާ ކުޑަ ގޮޅީގައި ބައިދައިގެން އެކަމާ ކަންބޮޑުވެގެނެއް ނޫން. އަދިވެސް އަޅުގަނޑުމެންނަށް ތިބެވިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އާއިލާތައް، ތިބޭފުޅުންގެ އާއިލާތައް ތަހަންމަލް ކުރަންޖެހޭ ދަތި އުނދަގޫ އެއީ އަޅުގަނޑުމެންނަށް ދެން އަނބުރާ ބޭނުންވާނެ ބޭނުންވާނެ ކަމެއް ނޫން،" ސޯސަން ޖަގަހަ ކުރިމަތީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ސާލިހު މިރޭ ވިދާޅުވިއެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
މިހާރު ރައްޔިތުންނައް ހާދަހެވެއްއެދެޔޭދޯ
ވ