މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ނިންމުމަށް ބާއްވާ ހަރަކާތްތައް މިއަދު ހަވީރު އޮންނާނެއެވެ.
ކެމްޕެއިން ނިންމާލުމުގެ ގޮތުން ދެ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގަންނަވާ ހިނގާލުމެއް މިއަދު ހަވީރު އޮންނާނެއެވެ.
ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.
ވޭތުވެދިޔަ ދެތިން ހަފްތާއެއްގެ ތެރޭގައި ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ބާއްވާފައިވެއެވެ.
އެގޮތުން ފުރަތަމަ ބުރުގައި ކެމްޕެއިން ކުރުމަށް ލިބުނު މަދު ވަގުތޮޅުގެ ސަބަބުން ގިނަ ރަށްތަކަށް ވަޑައިނުގެންނެވުނީތީ މުއިއްޒު ވަނީ ގިނަ ރަށްތަކަކަށް ވަޑައިގެންފައެވެ.
އުއްމީދު ކުރި މިންވަރަށް ވޯޓު ލިބިވަޑައިނުގަތުމުން އެމްޑީޕީން މަސައްކަތް ކުރީ އެކަންކަން ހައްލުކޮށް ވޯޓު މަދުން ލިބުނު ސަބަބުތައް ހޯދައި އެ ދާއިރާތަކުގައި ކެމްޕެއިން ކުރުމަށެވެ.
ދެ ކެންޑިޑޭޓުން ވެސް އެންމެ ފަހުން ރަށްރަށަށް ދަތުރު ކުރެއްވީ ރާއްޖޭގެ ދެކުނަށެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ