މިއަދު ކުރިޔަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ލ. ފޮނަދޫގައި ދޫކުރި ވޯޓު ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސަމާލު ކަމަށް އަތުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ އެކަމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާ އަށް މިހާރު ދަންނަވާފައިވާނެ ކަމަށެވެ. އަދި އެ ފޮށީގެ ވޯޓުލުން ވަރަށް އަވަހަށް ފެށުމަށް ވެސް އިލެކްޝަންސް އިން އެ ފޮށީގެ ވެރިޔާ އަށް ދަންނަވާފައި ވާނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލްގެ އަތުގައި ގަލަމެއް ނޯންނާނެ ކަމަށެވެ. އަދި އޮފިޝަލުންނަށް ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ބުނީ އިންތިހާބާއި ގުޅުންހުރި ކަންކަމާއި ގުޅިގެން މިހާތަނަށް ޖުމްލަ 10 މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި ގުޅިގެން ހައްޔަރުކުރި މީހުންނެވެ. އަދި މީހުންގެ ތެރެއިން ހަތް މީހަކު މިހާތަނަށް ދޫކޮށްލާފައިވާ ކަމަށް ވެސް ބުންޏެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ