ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި އަދަދު 10 އަށް އަރައިފިއެވެ.
ފުލުހުންގެ މީޑިއާއިން ދެންމެ ބުނީ "އޮޕަރޭޝަން ބްލޫ ވޭވް"ގައި ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން ހަތް މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.
ވޯޓު ކަރުދާސް ދެއްކުމަކީ މަނާ ކަމެކެވެ. އަދި ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމަކީ ވެސް ވެސް ޖިނާއީ ކުށެކެވެ.
އެކަން ހުއްޓުވުމަށް ވޯޓުލާ ބޫތު، ބަހައްޓާ ގޮތް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަދަލުގެނެސްފައެވެ. ބޫތު ބަހައްޓާފައި ހުންނަނީ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާއިރު، އޮބްޒާވަރުންނާއި އޮފިޝަލުންނަށް އޭނާގެ ފުރަގަހުން ފަހަތުން ފެންނާނެ ގޮތަށެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 282،804 މީހުންނަށެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ