ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލޭގައި އިތުރުވެފައިވާ ކަމަށް ބުނެ، ފުލުހުން ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ސަލާމަތީ ކަންކަން ވަރުގަދަކުރިކަން ފުލުހުން ހާމަކުރީ ދެންމެ އާންމު ކުރި ލިޔުމެއްގައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގްރޫޕުތަކުގެ ހަރަކާތްތައް މިއަދު އިތުރުވަމުންދާ ކަމަށެވެ.
އެހެންވެ އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި މިއަދު އިންތިހާބު ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުންފަދަ މައްސަލަތައް ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަތައް ސީރިޔަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށެވެ.
މިއަދު ވަނީ ގްރޫޕަކުން ދެ މަޖިލިސް މެމްބަރަކަށް ހަމަލާދީފައެވެ. އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ)އަށް ދިން ހަމަލާގައި އޭނާގެ މޫނުމަތި ވަނީ މޫނާއި ލޯމަތި ވަނީ ޒަހަމްވެފައެވެ.
މި މާރާމާރީތަކާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި