ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި މިސާލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒަށް 126،842 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 108،500 ވޯޓެވެ.
ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ކުރެއްވި ފުރިހަމަ ކެމްޕޭންއާއި ދެއްކެވި ރިވެތި މިސާލަށް އެމަނިކުފާނަށާއި އެމްޑީޕީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒާ އެމަނިކުފާނުގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފަށް ނަޝީދު، މަރުހަބާ ދަންނަވާފައިވާއިރު އެއްވެސް ފަރާތަކުން އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސް ބުނެ ފުރުއްސާރަ ނުކުރުމަށް ނަޝީދު ވަނީ އިއްޔެ އެދިވަޑައިގެންފައެވެ. ވިދާޅުވީ ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
ބަލިގަބޫލު ކުރައްވައި، ރައީސް ސޯލިހު ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ އެމަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ. މީގެއިތުރުން އެކުގައި މަސައްކަތްކުރި އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މެމްބަރުންނަށާއި އެމަނިކުފާނަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ބަރުލަމާނީ ބަލިކުރާނަން ގަންޖާ ބޯ މޮޔަވާނެ އީންޝާ އައްލާޙް.
ކެޔޮޅުބެ