ދެން އުފެދޭ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ހަސަން އެހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިތުރު މައުލޫމާތު ހޯދާލަން "ހަތާވީސް" އިން ހަސަންއާ ގުޅާލުމުން ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން މި ވަގުތު އިތުރު މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށެވެ.
މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ މުހައްމަދު މުއިއްޒަށް ތާއިދުކުރުމާއި ގުޅޭ ގޮތުން ޕީއެންސީއާއެކު އިން މަޝްވަރާތަކެއް ކުރިއެވެ.
ނަމަވެސް އެ ޕާޓީން ނިންމީ ފަހު ބުރުގައި އެއްވެސް ބަޔަކަށް ތާއިދުނުކުރުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
މިއަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރަތުގައިވެސް އަޅުގަޑު ގޭދޮށު ޓީމް ބައިވެރިވުމަށް ނިންމައިފީމެވެ. ސަލާމް.
ބަލާއެއްމީޑިމޮކުރޭޓުން ކެންޕިއޮންތެރޭގާ ނިންމި ނިންމުން ހަނދާވޭބާ އެގޮތްމަތީގާ ތިބުން އެންމެރަނގަޅުވާނީ، ޕީޕީއެމަށް ތާއީދުނުކުރާށާ އެމްޑީޕީ ވެރިކަން ވައްޓާލާށާ އަދި ޕީޕީއެމް ވެރިކަމަށް އައިސްފިނަމަ ވީއެންމެ އަވަހަކަށް ޕީޕީއެމްވެރިކަން ވެސް ވައްޓާލަން ނިންމާއިއުލާނުކުރި ބަޔަކު ޕީޕީއެމް ވެރިކަމާ ގުޅިގެން ރަނގަޅު ކަމެއް ނުކުރާނެ ދޭނީ މުޅީންވެސްލަނޑު ކޮންމެހެން ޕީޕީއެމްތެރެއަށްވަދެ ފަސާދަކުރާނެ ކަމެއްނެތް ނިންމިގޮތުގާ ތިއްބަވާ!
އިންތިޚާބުދެން އޯކޭ! ފިތުނަ ނަޝީދުއާއި އެކު ތަންތަން ރޫޅާ ފަނިއަޅުވަން ތިއްބަވާ ދެން. ތިއޮތީ އަމިއްލަ ފައިގަ ފުރޮއިން ޖަހާފަ.
ހޮރެނަހަސަނާ ހަސަނުގެ ގޮތެއްހާދަނެތޭދޯ
ވ