ކުރިޔަށް އޮތްތާ މަސައްކަތް ކުރާނީ އެމްޑީޕީ ވަރުގަދަ ކުރުމަށް ކަމަށާއި ސިޔާސީ މުސްތަގުބަލާއި މެދު ވިސްނަވާނީ އެއަށްފަހު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާ ކުރުމަށްޓަކައި ވަރުގަދަ އޮޕޮޒިޝަން [އިދިކޮޅު ޕާޓީއެއް] އެއް އޮންނަން ޖެހޭނެ ކަމަށެވެ. އެމްޑީޕީ އަކީ އެކަން ކުރެވޭނެ ވަރުގެ ޕާޓީއެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށާއި، އެމްޑީޕީ ވަރުގަދަކޮށް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތް އެމަނިކުފާނު ކުރައްވަމުން އަންނަ ކަމަށެވެ.
"މަގާމަކަށް ވުރެ ބޮޑަށް މި ވަގުތު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ޕާޓީ އެއްކޮށް ހިފެހެއްޓުމަށްޓަކައި. ޔުނައިޓް ކުރުމަށްޓަކައި. އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަނަކަށް ހެދުމަށްޓަކައި،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސްގެ ސިޔާސީ ކުރިމަގު ބިނާ ކުރަނީ ވަކި މީހަކު ކައިރީގައި ހުންނާނެ ކަމަށް ބަލައިގެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތަކުރާރުކޮށް ރައީސް ވަނީ އެމަނިކުފާނު ހުންނަވާނީ އެމްޑީޕީ ވަރުގަދަކޮށް އެ ޕާޓީ ކުރިއެރުވުމަށް ކަމަށް ވިދާޅުވެފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި