އެމްޑީޕީއާ ވަކިވެ، ވަކި ޕާޓީއެއް އުފައްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ހުށަހަޅުއްވާފައިވާތީ، އެމްޑީޕީގެ އިސް ލީޑަރު، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޖަވާބު ދެއްވައިފިއެވެ.
ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީއަށް ވަކި މީހަކު މުހިއްމު ނޫން ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ސާލިހު މިއަދު ވިދާޅުވީ އެމްޑީޕީއާ އަލުން ގުޅެން ނަޝީދު އަމިއްލަފުޅަށް އެމަނިކުފާނަށް ވެސް މެސެޖުކުރައްވާފައިވާ ކަަމަށެވެ. ނަމަވެސް ނަޝީދުގެ އެ ހުށަހެޅުމަށާއި ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ 99 ޕަސެންޓް މެމްބަރުން ދެކޮޅު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ އަށް މެންބަރުން ވަނުމުގައި އުސޫލުތަކެއް ހުންނަ ކަމަށެވެ. އެއީ ވަކި ގުނަވަނެއްގެ ވަކި މިންވަރެއްގެ ތާއީދު އޮވެގެން ކުރާ ކަމެއް ނޫން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ އެމްޑީޕީ އަށް ފައިދާ ހުރި ގޮތަކަށް ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީ އަކީ ގިނަ ބަޔަކު އެއްވެ އުފެއްދި ޕާޓީއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ގައުމީ މަޖިލީހުގައި އަޅުގަނޑު އިންނަން. ގައުމީ މަޖިލީހުގެ ރޫހު ހުރި ގޮތް އަޅުގަނޑަށް އެނގޭ. ގާތްގަނޑަކަށް އަޅުގަނޑަށް ދެންނެވިދާނެ 99 ޕަސެންޓު މިހާތަނަށް ހަމަ ނޫނެކޭ ބުނަނީ ބަރުލަމާނީ އަށް ވެސް ހަމަ ނޫނެކޭ ބުނަނީ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕާޓީ އަށް ވަކި މީހަކު ގެނައުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫން ކަމަށާއި ވަކި ބޭފުޅަކު ނެތިގެން އެމްޑީޕީ ހުއްޓިފައި ނޯންނާނެ ކަމަށެވެ. ވަކި ބޭފުޅަކު ނެތިގެން އެމްޑީޕީ ހުއްޓިފައި ނޯންނާނެކަން ފާއިތުވި ދުވަސްތަކުގައި ހާމަވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ