ދެން އުފެދޭ އާ ސަރުކާރުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ހިނގާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން ވެސް އެއްބާރުލުން ދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މުއިއްޒު އެ ގޮތަށް ގޮވާލެއްވީ އިންތިހާބީގެ ކާމިޔާބީ ފާހަގަ ކުރުމަށް، ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. މުއިއްޒު ވިދާޅުވީ މަޖިލީހުން އެއްބާރުލުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މާދަމާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
މަޖިލީހުން އާ ސަރުކާރަށް އެއްބާރުލުން ދިނުން ގޮވާލެއްވިއިރު، މަޖިލީހުގައި ތިބީ ޕީޕީއެމް/ޕީއެންސީގެ އަށް މެންބަރުންނެވެ. މަޖިލީހުގެ މައިނޯރިޓީއެއް ވެސް ޕީޕީއެމް/ޕީއެންސީގައި ނެތެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ބާރު ސްޕީޑުގައި ސަރުކާރު ހިނގާނެ. އަޅުގަނޑު އެދެން މިހާތަނަށް ޖެހެންދެން މަޖިލީހުން އެއްބާރުލުން ދެއްވުމަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޕްރޮޖެކްޓުތައް ނުހިއްޓި ކުރިއަށްދާނެ ކަމަށާއި އާ ޕްރޮޖެކްޓުތައް ވެސް ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފިޔަވައި، ދެން ތިބި އެއްވެސް މީހަކު ވަޒީފާތަކުން ވަކި ނުކުރާނެ ކަމަށެވެ. ނަަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ބޭނުންވެގެން މަގާމުތަކުން ބައެއް މީހުން ވަކިކުރަން އުޅޭކަމަށް އިޝާރާތްކޮށް މުއިއްޒު ވިދާޅުވީ އެފަދަ ކަންކަން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ