ފާއިތުވި ދުވަސްތަކުގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތައް ލަސްވުމުގެ ސަބަބުން ހަ މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ލަންކާގެ ޕޯޓްސް، ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލާ ޑި ސިލްވާ ވިދާޅުވިއެވެ.
އެހެންކަމުން މި ވަގުތު މުވައްޒަފުންނަށް އެއްވެސް އެލަވަންސެއް ނުވަތަ މުސާރައަށް ބަދަލެއް ނުގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްރީލަންކަން އެއަރލައިންސްގެ ގަވަނިން އޮތޯރިޓީއާއި، ޓްރޭޑް ޔޫނިއަންގެ ހުރިހާ މަންދޫބުންނާއެކު މިނިސްޓަރު މިއަދު ވަނީ ސްރީލަންކަން އެއާލައިންސްގެ ގާތްގަނޑަކަށް އަށް ފްލައިޓް ލަސްވުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާފައެވެ.
ފްލައިޓް ޑިލޭވި ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން އިންޖިނިއަރުންގެ ޔޫނިއަންގެ މަންދޫބުން ބުނީ އެކަމެއް ހިނގީ މަތިންދާބޯޓުތަކުގައި ދިމާވި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ޗކަމަށެވެ.
"މިހާރު އޮޕަރޭޓް ކުރަމުން އަންނަ 21 މަތިންދާބޯޓުގެ ގާތްގަނޑަކަށް 260 ޕައިލެޓުން އެބަތިބި. އެހެންކަމުން އެއް މަތިންދާ ބޯޓަކަށް 12 ޕައިލެޓުން މަސައްކަތް ކުރާ އިރު އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން،" މިނިސްޓަރު ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުން ޕައިލެޓަކު މަހަކު 100 ގަޑިއިރު ދަތުރުއަޅަން ޖެހޭނެ، ލިބިފައިވާ ރިޕޯޓްތައް ބުނާ ގޮތުން މީގެ ކުރިން ސްރީލަންކަންގެ ޕައިލެޓަކު މަހަކު ގާތްގަނޑަކަށް 60 ގަޑިއިރު އުދުހިފައި ވޭ. އެއް ޕައިލެޓަކު މަހަކު މަދުވެގެން 80 ގަޑިއިރު ދަތުރުކުރި ނަމަ އެފަދަ މައްސަލައެއް ނުޖެހުނީސް،" މިނިސްޓަރު ވިދާޅުވިއެވެ.
"ފެންވަރު ރަނގަޅު ވައިގެ ހިދުމަތެއް ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ޒިންމާއެއް، އެކަމަކު ސްރީލަންކަން އެއާލައިންސްގެ ހައްގުތައް ހިމާޔަތްކޮށް އެހެން އެއާލައިންތަކަށް ވެސް މި ދަތުރުތައް ހިންގުމުގެ އިހްތިޔާރު ދޭން ނިންމީ،" މިނިސްޓަރު ސިލްވާ ވިދާޅުވިއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި