ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަގީގަތް ބެލުމުގެ ފުރުސަތު ކުޑަ ދުވަސްކޮޅެއްގެ ފަހުން ޕީޕީއެމް/ޕީއެންސީ އަށް ލިބިގެން ދާނެ ކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ އެކްސްގައި ރައީސް ސޯލިހުގެ ސަރުކާރުގެ ވައްކަމާ ކޮރަޕްޝަނާ ގުޅޭ ލިއެކިއުންތަކަށް ބަދަލު ގެނައުމާއި ނައްތާލުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައިފައެވެ.
ޖަމީލަށް ރައްދު ދެއްވީ މޫކޭ އެކްސްގައި ވިދާޅުވީ އެފަދަ ވާހަކަތައް އިހަށް ނުދައްކާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޖަމީލް ބައިވެރި ކުރޭތޯ ބެލުމައިގެން އުޅުމަށެވެ.
"ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ތިޖޫރީ އާއި 13 މިލިއަނަށް ވީގޮތް ބެލުމުގެ ފުރުސަތު މިހާރުގެ އިދިކޮޅަށް ލިބޭނެ،" މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ ފިލައިގެން ދާނެ ތަނެއް ނޯންނާނެ ކަމަށެވެ. "ޔަގީނުންވެސް ވައްކަމެއް ކޮށްފަ އޮވެގެން ލެވޭނެ ޖަލެއް ނުހުންނާނެ" ކަމަށް މޫކޭ ވިދާޅުވިއެވެ.
މޫކޭ އިޝާރާތް ކުރެއްވި ވާހަކައަކީ އާރްޑީސީ ފަޅާލައިގެން އެކި ފަހަރު މަތިން ވަގަށް ގެންގޮސްފައިވާ އެކުންފުނީގެ ތިޖޫރި އާއި އަދި ދާދިފަހުން ފެންމަތިވި 13 މިލިއަން ރުފިޔާގެ ހިޔާނާތް އާރްޑީސީން ހިންގި ކަމަށް ބުނެ ދެކެވޭ ވާހަތަކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ