ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އެއްވެ، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނުފެންނަ ކަމަށް ނިންމައިފިއެވެ.
އަދާލަތު ޕާޓީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ރޭ ބުނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް، ރޭ ބޭއްވުނު އެޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާގުން ފާސް ކޮށްފައިވާ ކަމަށެވެ.
ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލައި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ހުށަހަޅާފައިވާ ގަރާރު 35 މެންބަރުންގެ ވޯޓުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނިޒާމީ ވޯޓު ނެގުމަށް އީސީ ގައި މަޖިލީހުން ދެންނެވުމަށް ގަރާރަށް ވަނީ ބަދަލު ގެނެސްފައެވެ. މަޖިލީހުން އެ ގަރާރު ފާސްކުރީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓުންނެވެ.
އެ ގަރާރާ ގުޅިގެން އިލެކްޝަންސް އިން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އަދި އެ ބައްދަލުވުމުގައި ކޮމިޝަން މެމްބަރުންނަށް ފާހަގަކުރެވުނު ބައެއް ކަންކަމާ ގުޅޭ ގޮތުން ޖަވާބު ހޯދަން މަޖިލީހުގައި ވަނީ އެދިފައެވެ.
މަޖިލީހުން ސާފުކުރަން ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި، ނިޒާމީ ވޯޓެއް ނަގާއިރު އެ ނަގާ މައުޝޫ އަކީ ކޮބައިކަމާއި ކުރަން ޖެހޭ ސުވާލަކީ ކޮބައިކަން ހިމެނެއެވެ.
ރޭ އެމްޑީޕީން ވެސް ވަނީ މި މައްސަލާގައި އެ ޕާޓީގެ ގައުމީ މަޖިލިސް އެއްވެ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ބަހުސް ކޮށްފައެވެ. އެ ޕާޓީން ވެސް ނިންމީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ