އެމަނިކުފާނަކީ ދެން އުފެދޭ ސަރުކާރުގެ ބައިވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅޭ ގޮތުން ނުބައި މޭރުމެއްގައި ވާހަކަ ދައްކަ މިހާރު ކެބިނެޓުގެ ބައެއް ވަޒީރުން ބޭރުގެ އިއްޒަތްތެރިންނަށް މެސެޖު ފޮނުވަމުންދާ ކަމަށެވެ.
އެ މެސެޖުތައް އެމަނިކުފާނަށްވެސް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"މި ދެންނެވި އިއްޒަތްތެރިން އެ ޓެކްސްޓުތައް އަޅުގަނޑަށް އެބަ ފޮނުވާ" ނަޝީދު ވިދާޅުވީ އެެމަނިކުފާނަކީވެސް ދެން އުފެދޭ ސަރުކާރެއްގެ ބައިވެރިއަކަށްވާތީވެ އެކަންކަން ސާފުކޮށްނުދެވޭނެ ކަމަށެވެ.
" އޅުގަނޑު އެބަ ދަންނަވަން، އެ ވިދާޅުވާ ސަރުކާރުގައި އަޅުގަނޑު ވެސް ބައިވެރިވެޔޭ. ދެން އެހެންވީމާ އަޅުގަނޑަށް ވަރަށް އުނދަގުލޭ ސާފުކޮށްދޭން ވަރަށް ގޯސްކަމެއް ރާއްޖޭގައި ވާން އުޅޭ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
މުއިއްޒު އުފައްދާ ސަރުކާރުގެ ބައިވެރިއެއް ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ވަނީ އާ ސަރުކާރުގައި އެ ޕާޓީ ބައިވެރިވާނެ ކަމަށް ބުނެފައެވެ. އެކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ކޮންގޮތަކުން.ބާވެރިއަކަންވީ ވޯޓުކޮޅު ހިފަހައްޓާގެން އޮއިއިރަކު ބާވވެރި ާންޖިތަކަންނޭރި
ވމުއިޒު އެބަހުއޅޭތޯ މޮޔަވެގެން. ނަޝީދު ކަހަލަ ދެފުށްދެގޮތް މީހަކު ބައިވެރިނުކުރާތި.
ވާނުވާ