މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީހަކީ އަންނަ މަހުގެ 20 ކަމަށާއި، އެފްއޭކަޕްގެ ޕްރިލިމިނަރީ ބުރު ފަށާނީ ޑިސެމްބަރު މަހު ކަމަށް އެފްއޭއެމުން ބުނެފިއެވެ.
ދެވަނަ ޑިވިޝަން މުބާރާތަށް ޓީމުތައް އަހަރުގެ ކުރީކޮޅުން ފެށިގެން ތައްޔާރުވާން ފަށާފައިވާ އިރު، ބައެއް ޓީމުތަކުން ވަނީ އަގުބޮޑުކޮށް ކުޅުންތެރިން ގެންގޮސް ޕްރެކްޓިސްތައް ވެސް ފަށައިފައެވެ. އެކަމަކު އެކި ފަހަރު މަތިން އެފްއޭއެމުން އެ މުބާރާތް ފަސްކުރަމުން އައުމާ ގުޅިގެން ބައެއް ކުލަބުތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އެގޮތުން ބޭރު ކުޅުންތެރިން ގެނެސް ބޭތިއްބުމާއި، ކުޅުންތެރިންގެ ޚަރަދުތަކަށް ބޮޑު ހޭދައެއް ކުރާއިރު، އެފްއޭއެމުން މުބާރާތް ލަސްކުރާތީ ގެއްލުން ލިބެމުން އަންނަ ކަމަށް ނިއުރޭޑިއަންޓްގެ ޗެއާމަން އަހުމަދު ވާސިފް ވާސިފް ވަނީ ބުނެފައެވެ. އޭނާ ބުނީ އެފްއޭއެމުން މުބާރާތް ލަސް ކުރާ ސަބަބެއް ނުބުނާ ކަމަށާއި، އެކަމަކު އެއީ މުވައްޒަފުންނަށް މުސާރަ ނުދެވޭތީ އެ މީހުން މަސައްކަތަށް ނުނިކުންނާތީ ދިމާވެފައިވާ ކަމެއްކަން އެނގެން އެބައޮތް ކަމަށެވެ.
"ނިއުރޭޑިއަންޓް އިން މިއަހަރަށް ޓީމް ތައްޔާރު ކުރަން ފެށީ އެފް.އޭ.އެމް އަށް ގުޅާ މުބާރާތުގެ ޝެޑިއުލްކޮށްފައި އޮތް ތާރީހުތައް ބަލާފައި. 1 އޮކްޓޯބަރ ގަ އެފްއޭކަޕް ، 30 އޮކްޓޯބަރ ގަ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮންނާނެ ކަމަށް އެފް.އޭ.އެމް ގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓް އިން މަޢުލޫމާތު ދީފައިވޭ. އަޅުގަނޑު މެން ކުރިއްސުރެ ތައްޔާރު ވެ ކުޅުންތެރިންނަށް ބޮޑު މުސާރަ ދީފައި ސޮއި ކުރުވަނީ ، 1 މަސް ކުރިން ޕްރެކްޓިސް ފަށާ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި،" ވާސިފްގެ ފޭސްބުކް ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް މިއަދު ވިދާޅުވީ ދެވަނަ ޑިވިޝަން މުބާރާތް ފެށުމަށް އެފްއޭއެމުން މިހާރު ނިންމާފައިވާ ތާރީހަކީ އަންނަ މަހުގެ 20 ވަނަ ދުވަސް ކަމަށެވެ. އަދި އެފްއޭކަޕް ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށާއި، މި މަހުގެ 31 ގެ ކުރިން ޓީމުތައް ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.
މިފަހަރުގެ ދެވަނަ ޑިވިޝަން މުބާރާތަށް ނިއުރޭޑިއަންޓާއެކު ވިކްޓަރީ ސްޕޯޓްސް ކުލަބުން ވެސް އަންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއްގެ ސޮއި މި ދެ ޓީމުން ވެސް ވަނީ މިހާތަށް ހޯދައިފައެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް