މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި އިބްރާހިމް އަބްދުالله (ގައްބަރޭ) އާއި އިތުރު ދެ މީހެއްގެ ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ.
މިދިޔަ މެއި މަހު ކެފޭއެއްގެ ތެރޭގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މިދިޔަ ހަފުތާގައި ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވީ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި ތ. ކިނބިދޫ ދީފްރަމްގޭ އަހުމަދު އަވްޝަމާއި މ. ތާޖް މުލާއިމް މުހައްމަދު މައްޗަށް ކަމަށެވެ.
ގައްބަރޭގެ މައްޗަށް ކުރަނީ ނުރައްކާތެރި ހާނިއްކައެއް ލިބޭ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. ދެން ތިބި ދެ މީހުންނަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ރައީސަކަށް ފަރުޝަތު
ވެލާނާ އެއާޕޯޓުން ޑޮލަރުތައް ފޭރުނު މައްސަލާގައި ބަޔަކު ހައްޔަރަށް
ރިޒާ އިސްތިއުފާ ދެއްވުމުން، ހުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި