ހުޅުމާލެ ސައުތް ވެސްޓް ހާބަރު ތަރައްގީ ކުރުމުގެ މަޝްރޫއު ޖީޕީއެލް ހޯލްޑިންގްސް ޕަރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން ޑިންގީ ހާބަރު، ކޮމާޝަލް ޑެވެލޮޕްމެންޓް އަދި ވެހިކިއުލާ ހާބަރު ތަރައްގީ ކުރެވިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
މިވަގުތު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައި ވަނީ އެންމެ ޖެޓީ ހާބަރަކަށްވެފައި އެ ހާބަރަކީ އެކަށޭނެ ބޮޑުމިނެއްގެ ހާބަރަކަށް ނުވުމުން، މި މަޝްރޫއު މެދުވެރިކޮށް ޑިންގީ ގެންގުޅުއްވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ފަސޭހަވެގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ. ހަމަ އެހެންމެ ހުޅުމާލެގައި މިވަގުތު ކަމް ކާގޯ ވެސެލްއަށް ހާއްސަކޮށްގެން ހާބަރެއް ނެތުމުން، ދިމާވާ ދަތިތަކަށް ވެހިކިއުލާ ހާބަރު ތަރައްގިކުރުމުން ހައްލު ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުނެއެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި ޕާކިންގް ޒޯންއެއް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި މީގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދު ޕާކް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އެގޮތުން ކާރު، ސައިކަލް ގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕާކިން ސްޕޭސް ގާއިމްކުރެވިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ. ހަމައެއާއެކު ކޮމާޝަލް ޑެވެލްޕްމެންޓަށް ތަފާތު ސްޕޭސެސްތައް ތަރައްގީ ކުރެވިގެންދާނެ ކަމަށް އާބަންކޯ އިން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ