އިޖުތިމާޢި މިންގަނޑުތަކަށް ކަމޭ ހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަތައް އަށަގަންނާނެ ގޮތަށް ތައުލީމީ މަންހަޖު ބަދަލު ކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޓީޗަރުންގެ ދުވަހާ ގުޅިގެން މުއިއްޒު ނެރުއްވި ބަޔާނެއްގައި ވިދާޅުވީމުދައްރިސުންނަކީ ޤައުމުން އަނދިރިކަން ނައްތައިލާ ބައްތިތަކެއްބކަމަށާއި އެއީ ކަތިކަން ނައްތައިލާ ރަހަފަތިތަކެއް ކަމަށެވެ.
އަންނަހައި ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކަކީ ވެސް އަދުގެ ޓީޗަރުން ކަމަށް ވިދާޅުވިއެވެ.
ކާމިޔާބީގެ އައްސޭރިޔަށް ގައުމަކަށް ވާސިލުވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެ ގައުމެއްގެ ތަޢުލީމީ ނިޒާމު ބިނާވެގެން ކަމަށާއި އެއީ ހަރުދަނާ އަހްލާގައި ތަނަވަސް އިލްމާއި ކުޅަދާނަ ހުނަރުވެރިކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކަމާ ގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި މުދައްރިސުން ތާޒާކުރާނެ ކަމަށެވެ.
މީގެ އިތުރަށް މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދީ، މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާންހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރާނެ ކަމަށާއި އަދި، މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރާނެ ކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ