އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކުގައި ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވާނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށް ހަސަން ލަތީފް ވަނީ މީގެ ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައެވެ.
މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ހަސަން ލަތީފް ވިދާޅުވީ ބައިވެރިވުން ކަމަށް ވިދާޅުވީ ސަރުކާރުން ހިންގުމުގަ އާއި އަދި މަގާމުތަކުގައި ޑިމޮކްރެޓްސްގެ ބޭފުޅުން ތިބުން ކަމަށެވެ.
"ސަރުކާރު ހިންގުމުގައި އޭގެ މާނައަކީ ސަރުކާރުގެ އެކި މަގާމުތަކުގައި ވެސް ޑިމޮކްރެޓްސްގެ މެންބަރުން ވެސް ތިއްބެވުން'' ހަސަން ވިދާޅުވިއެވެ.
ނަމަވެސް މިކަމާއި ގުޅޭ ގޮތުން މުއިއްޒު ނުވަތަ ޕީޕީއެމް/ޕީއެންސީ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ މުހައްމަދު މުއިއްޒަށް ތާއިދުކުރުމާއި ގުޅޭ ގޮތުން ޕީއެންސީއާއެކު ޑިމޮކްރެޓްސް އިން މަޝްވަރާތަކެއް ކުރިއެވެ.
ނަމަވެސް އެ ޕާޓީން ނިންމީ ފަހު ބުރުގައި އެއްވެސް ބަޔަކަށް ތާއިދުނުކުރުމަށެވެ.
އިންތިގާލީ ތަރުޖަމާން މުހައްމަދު ފިރުޒުލް ދާދިފަހުން ވަނީ ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން އިންތިހާބީ ރައީސް ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުޠު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް އެ ފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ