ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ތިބި ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް މިއަދު ދޭން ފެށި ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ރައްދުގައި ޣައްޒާއަށް ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކާމެދު ކަންބޮޑުވުންފާޅުކޮށް، އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރުން ހުއްޓާލުމަށް ދިވެހި ސަރުކާރުކުން ގޮވާލައިފިއެވެ.
ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ކުރަމުންގެންދާ ޖިހާދުގައި ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް މިއަދު ހެނދުނު ހިންގި ކުއްލި އަސްކަރީ އޮޕަރޭޝަންގައި އިސްރާއީލުގެ 100 އަށްވުރެން ގިނަ މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލާފައެވެ. މި ހަމަލާވެގެން ގޮސްފައިވަނީ ހައިރާންކުރުވަނިވި ހަމަލާއެއްގެ ގޮތުގައެވެ.
އެކަމަކު އެ ހަމަލާތަކަށްފަހު އިޒްރޭލުގެ ސިފައިން ވަނީ ޢައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ފަލަސްތީންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުގެ މިހާތަނަށް ޝަހީދުކޮށްލި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް އައިއިރު އެ ގައުމުގެ 1،610 މީހުންނަށް އަނިޔާ ލިބި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދާ ކަމަށެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޢައްޒާގައި ހިނގަމުންދާ ހަމަނުޖެހުމާ މެދު ކަންބޮޑުވާ ކަމަށާއި، ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮޅަށް ކަމަށެވެ. އަދި އިޒްރޭލުން މިހާތަނަށް ފޭރިގަނެފައިވާ ފަލަސްތީނުގެ ބިންތައް އެ ބިންތަކުގެ ހައްގުވެރި ފަރާތްތަކަށް ދިނުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފައެވެ.
މީގެ އިތުރުން މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ފަލަސްތީނާއި، އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ގާއިމް ކޮށްގެން ކަމަށާއި، މި މައްސަލައަށް ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް ރާއްޖެއިން ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރާ މަސައްކަތް ކުށްވެރިކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވި އިރުވެސް އެކަން ކުށްވެރި ކުރެއްވިއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް