އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅުވައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް އިންތިގާލީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހަކަށް ނަޝީދު ދެއްވި އިންޓަވިއުއްގައި ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ 75 ވަރަކަށް ސިފައިން ތިބުމަށް މުއިއްޒު ރުހިލައްވާނެ ކަމަށެވެ.
ނަމަވެސް އެ ވާހަކަތަކަކީ މުއިއްޒާ އެއްވެސް ވަރަކަށް މަޝްވަރާ ކުރެވިގެން ނަޝީދު ދެެއްކެވި ވާހަކަތަކެއް ނޫން ކަމަށް މިއަދު ދިމްޔާތުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އިންޑިއާ ނޫނަސް އެހެން އެއްވެސް ގައުމެއްގެ ސިފައިން މިގައުމުގައި ތިބުމަކީ އިންތިހާބީ ރައީސް މުއިއްޒު ތާއީދު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"އިންޑިއާ އަދި ކީއްކުރަން އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ ބޫޓު ޖޯޑެއް ވެސް ދިވެހި ފަސްގަނޑުގައި ހުރުމަކަށް ދުވަހަކު ވެސް ނުރުހެވޭނޭ،" ފިރުޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ނިންމެވުމާ ފުށުއަރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައްކަވާފައިވާ ވާހަކަފުޅުތަކާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތިޔަ ނަޝީދަކީ ނުރައްކާތެރި މީހެކެވެ. ދޮގު ހެދުމުގެ އައްޕައެވެ. މިހާރު އެއުޅެނީ މުއިޒްއާއި ގާތްވެލައިގެން އަެނަ ހަލާކު ކޮއްލަންށެވެ. ވާހަކަވެސް ދައްކަން ހެޔޮނުވާނެއެވެ. ވަަހަކައެއް ދައްކައިފިއްޔާ އެވާހަކައެއް އަބުރާލައި ދޮގުތަކެއް ލައިގެން ބަޔަކު ވާވައްދާނެއެވެ. މިހާރު އެއުޅެނީ މަޖްލިސްގެ ގޮޑިވެސް މިފަހަރު ގެއްލޭނެކަން ޔަގީންވެގެން މޮޔަބޮލަށް އަރައިގެންނެވެ.
އަލިހޮއްކޮކަލޭ ތައުބާވޭ.
ނަޝީދު