"ފެންމީރުވި ރަށޭ" ވިދާޅުވެ ގދ. ތިނަދޫ އަށް މަގުބޫލުކަން ގެނެސްދިން މަރިޔަމް އަހްމަދު ދީދީ (މަރިޔަމް ދައްތަ) ނިޔާވެއްޖެއެވެ.
އުމުރުން 73 އަހަރުގައި މަރިޔަމްދީ ނިޔާވީ ކުއްލި އަކަށް ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ މިރޭ "ހަތާވީސް" އަށް ވިދާޅުވިއެވެ.
"ބައެއް މީހުންނަށް މިއަދުވެސް މަރިޔަމް ދައްތަ ފެނުނު ކަމަށްވޭ ރަށު ތެރެއިން،" އޭނާ ވިދާޅުވިއެވެ.
ސައުދު ސިފަކުރެއްވި ގޮތުގައި ތިނަދޫ އަށް ގެއްލިގެން ދިޔައީ "ޖަވާހިރެކެވެ".
"ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ދެރަވެފައި ތިބީ، އެއީ ހަމަ ޖަވާހިރެއް އަޅުގަނޑުމެންނަށް ގެއްލިގެން އެ ދިޔައީ،" ސައުދު ވިދާޅުވިއެވެ.
އުފަންވި އިރުވެސް ލޮލުގެ ފެނުން ގެއްލިފައިވާ މަރިޔަމްދީ ވިދާޅުވެފައިވާ ލަވަތަކުގެ ތެރެއިން ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" މި ލަވައަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ލަވައެކެވެ.
އަދި ތިނަދޫގެ ރީތިކަމާއި ގުޅޭ ގޮތުން ވިދާޅުވެފައިވާ "ފެންމީރުވި ރީތި ރަށޭ މިއީ ރޫހު ވަނީ ތިނަދޫގައޭ" ލަވައަކީ ވެސް މިހާރުވެސް ސޯޝަލް މީޑިއާ އިން ދޭތެރެއަކުން ފެންނަ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ލަވައެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ