ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު މުލީއާގޭގައި ކުރިޔަށްދިޔަ އެ ބައްދަލުވުމުގައި ފަޒްނާ ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބުކުރެއްވުމާއި ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި، ރައީސްގެ އަނބިކަނބަލުން ވަނީ ވެރިކަމުގެ މި ދައުރުގައި އެކަމަނާގެ ތަޖުރިބާ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުނާ ހިއްސާ ކުރައްވައި، އެއްވެސް ކަމަކަށް އެހީތެރިކަން ބޭނުންފުޅުވާނަމަ އެކަމަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އެކަމަނާ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި އިންތިހާބީ ރައީސް އަނބިކަނބަލުން ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް އެކަމަނާގެ ފަރާތުން ކުރައްވަންޖެހޭ މަސައްކަތްޕުޅުތައް ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ދެކަނބަލުންވެސް ވަނީ އިޖުތިމާއީ ކަންކަން ކުރެއްވުމަށް ޝައުގުވެރިކަން ހުރިކަން ފާޅުކުރައްވާފައެވެ. އަދި އިޖުތިމާއީ ބައެއް މައްސަލަތަކާއި އެކަންކަން ހައްލުކުރަން އިތުރަށް މަސައްކަތްޕުޅު ކުރައްވަންޖެހޭކަން ދެބޭފުޅުންވެސް ފާހަގަކުރެއްވެވިއެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ދެކަނބަލުންވެސް ވަނީ ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވާފައެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި