ރައްޔިތުން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.
އިއްޔެ ބޭއްވި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ނިންމައިފައެވެ. އެގޮތުން އެމްޑީޕީގެ 49 މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް އެ މައްސަލަ މިއަދު ވަނީ ހުށަހަޅައިފައެވެ.
އެހެންނަމަވެސް އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ފަދަ މޭރުމަކުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެ މައްސަލަ ދެން ކުރިޔަށް ގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވަނީ ދެން އަންނަ ދައުރެއްގައެވެ. އެއީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ދައުރުގައެވެ.
ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ މި ދައުރުގެ ތެރޭގައި އެ މައްސަލަ މީގެކުރިން ހުށަހެޅުމަށްފަހު އަނބުރާ އެ މައްސަލަ އެމްޑީޕީން ގެންދިއުމުންނެވެ.
"މި ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް އަނބުރާ ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މިކަން ވާނީ،" މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖުގައިވެއެވެ.
ނަމަވެސް މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ނަޝީދުގެ އިތުބާރުނެތް ކަމުގެ ގަރާރެއް ލިބިފައިވާ ކަމަށާއި އެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އަނެއްކާވެސް ފެށިއިރު ދާދިފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އެ މަޖިލީހުގެ މެންބަރުން ވަނީ މަޖިލީހުގެ ރިޔާސަތު އެމްޑީޕީ އަށް އޮންނަން ޖެހޭ ކަމަށާއި މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ