ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މަޖިލިސް ތެރެއިން ދަތިކޮށް ޖެއްސުން ކުރުމުގެ އެއްވެސް ރޫހެއް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގައި ނެތް ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލިސް ތެރެއިން ވެސް އެމްޑީޕީގެ މަސްއޫލިއްޔަތަކަށް ވާނީ އެ ސަރުކާރެއް ޒިންމާދާރު ކުރުވުން ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް ތެރެއިން ވެސް ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާތަން ފެނިގެން ދާނެ ކަމަށެވެ.
"އެހެންނަމަވެސް ސަރުކާރަކަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި މަޖިލީހުން އަޅުގަނޑުމެން އެއްވެސް ކަމެއް ނުކުރާނަން. ސަރުކާރަށް އަޅުގަނޑުމެން އެއްބާރުލުން ދޭންޖެހޭ ކަންކަމުގައި އެއީ ސަރުކާރަކަށް އައުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ވެސް ގާނޫނީ މަސްއޫލިއްޔަތުތަކެއް އޮންނާނެ،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަޖެޓު ފާސް ކުރުމާއި އަދިވެސް އެނޫން ގޮތްތަކުން ސަރުކާރަށް މަޖިލިސް ތެރެއިން އެއްބާރުލުން ދޭނެ ކަމަށެވެ. ތަކުރާރުކޮށް އަސްލަމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ކުޑަ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި