އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި 11 މެމްބަރަކު ބައިވެރިވިއިރު އަށް މެމްބަރަކު ވޯޓު ދިނީ ނަޝާތު އަށް އިތުރު ދައުރެއް ދޭން ފެންނަ ކަމަށެވެ.
އިތުރު ދައުރަކަށް ނަޝާތު، އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލާހަށް އޭނާގެ ފޮނުވީ މޭ މަހުގެ 29 ވަނަ ދުވަހުއެވެ. އެކަމަކު ޖޫން 22 ގައި މަޖިލީސް ޗުއްޓީއަށް ދިޔައިރުވެސް އެ މައްސަލައަށް އޮތީ ގޮތެއް ނުނިމިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އީސީއަށް އައްޔަން ކުރެވުނު ނަޝާތުގެ ދައުރު ހަމަވީ މި އަހަރުގެ ޖުލައިގައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ