އިޒްރޭލުން މިފަހުން އަނެއްކާވެސް ދޭން ފަށާފައިވާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ފައިސާ ހޯދަން ރާއްޖޭގެ ހުރިހާ މީޑިއާތަކުން ގުޅިގެން ޓެލެތޯންއެއް ބާއްވަން ނިންމައިފި އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިއަދު ވަނީ އެކަމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ވައިސް ޗެއާމަން އާދަމް ނާއިފް ވިދާޅުވީ ގާޒާއަށް އެހީވާން ވަރަށް ގިނަ ކަންކަން ރާވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ މީޑިއާތަކުގެ އިސްނެގުމަށް ބާއްވާ ޓެލެތޯން ކަމަށާއި އެ ޓެލެތޯން ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުގެ ކުރިން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި ވެސް އެ ރަށްރަށުން އިސްނަގައިގެން ފަންޑު ފޮށި ބަހައްޓަން އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.
މި މަހުގެ ހަތްވަނަ ދުވަހުގެ ހަމަލާތައް ބަދަލުކުރަން ފެށިފަހުން އައިއޭސީން ވަނީ ތިން ހޮސްޕިޓަލެއްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އަދި، މިހާރު ވެސް ފަލަސްތީނުގެ ރައްޔިތުންނަށް 1،000 ފުޑް ޕެކޭޖު ބެހުމުގެ މަސައްކަތް ޣައްޒާގައި ކުރިއަށްދާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް 2021 ވަނަ އަހަރު ވެސް ރާއްޖޭގައި ބޮޑު ހަރަކާތެއް ބޭއްވި އެވެ. އަދި ގިނަ އަދަދެއްގެ ފައިސާގެ އެހީ އާއި ތަކެތި ވެސް ރާއްޖެއިން ފޯރުކޮށްދިނެވެ.
މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހުގައި އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އެއަށް ފަހު، ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި