ގާޒާ ސިޓީއާއި ގައްޒާގެ އުތުރުގައި ދިރިއުޅޭ އެއް މިލިއަނަށްވުރެ ގިނަ ރައްޔިތުން އެތަން ދޫކޮށް ދިޔުމަށް އިޒްރޭލުން 24 ގަޑިއިރުގެ މުހުލަތެއް ދީފިއެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ގައްޒާ ރައްޔިތުންނަށް، އެތަނުން ދިއުމަށް އެންގީ ހަމާސްގެ ހަނގުރާމަވެރިން ޓަނަލްތަކުގައި ފޮރުވިފައިވާ ކަމަށް ގަބޫލުކުރެވޭތީއެވެ. އަދި "ކުރިއަށް އޮތް ދުވަސްތަކުގައި" އިސްރާއީލުގެ އަސްކަރިއްޔާއިން ގާޒާ ގައި މިހާރަށްވުރެ ބޮޑަށް އޮޕަރޭޝަން ފުޅާކުރާނެ ކަމަށާއި އަދި އާންމުންނަށް ގެއްލުން ނުދިނުމަށް މަސައްކަތްކުރާނެ ކަމަށް އަސްކަރިއްޔާގެ ބަޔާނުގައި ބުންޏެވެ.
އދ އިން ބުނީ އެހާ ގިނަ އަދަދެއްގެ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޓަކައި މީހުން ހުސްކުރުމުގެ އަމުރު ބާތިލް ކުރުމަށް އދ އިން ވަނީ އެދިފައެޗެ.
އަސްކަރިއްޔާއިން އާންމުންނަށް ގެއްލުން ނުދޭން މަސައްކަތް ކުރާނެ ކަމަށް ބުނަމުންދާ ކަމަށްވިޔަސް އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1500 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނާއި އަންހެނުންނެވެ.
ހަމާސް އިން ސިފަކުރާ ގޮތުގައި ގާޒާ އިން މީހުން ހުސްކުރަން އިޒްރޭލުގެ އަސްކަރިއްޔާއިން ދިން އިންޒާރަކީ ''ފޭކް ޕްރޮޕެގެންޑާ" އެއް ކަމަށެވެ.
ހަމާސް އޮތޯރިޓީ ފޯ ރެފިއުޖީ އެފެއާޒުން އުތުރުގެ ރަށްވެހިންނަށް އަންގާފައި ވަނީ "ގޭގޭގައި ސާބިތުވެ ތިބުމަށާއި، އިސްތިއުމާރު ކުރުމުގެ ސަބަބުން ހިނގަމުންދާ ހަނގުރާމައިގެ ކުރިމަތީގައި ސާބިތުވެ ތިބުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ