އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލުމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަށް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އިންތިގާލީ ސްޕޯކްސް ޕާސަން މުހައްދު ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސްގެ ފަރާތްޕުޅުން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް މަސައްކަތްތައް ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. މީގެ ކުރިން ހަތް ބޭފުޅުން ހިމެނޭގޮތަށް އެކުލަވާލީ ކޮމިޓީގައި މިހާރު ޖުމްލަ އަށް ބޭފުޅުން ތިއްބަވާނެ ކަމަށް ވިދާޅުވިއެވެ.
ބަޖެޓު އެކުލަވާލާ ކޮމެޓީގެ މެންބަރުން:
- ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު (ކޮމެޓީގެ ޗެއާމަން)
- ކުރީގެ ފައީނޭންސް މިނިސްޓަރު އަދި ނައިބް ރައީސް ޖިހާދު
- ކުރީގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޝޯޝަލް އެފެއާސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން
- ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު
- ކުރީގެ ފައިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު
- ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު
- ކުރީގެ އެކޮނޮމިކް މިނިސްޓްރީގެ އިކޮނޮމިކް ރިލޭޝަން މުހައްމަދު ލުއޭޒް
- ކުރީގެ މޯލްޑިވްސް ޕެންޝަން އޮފީސްގެ ބޯޑު މެމްބަރު ހަލީމް އަބްދުލް ލަތީފު
ފިރުޒުލް ވިދާޅުވީ އިންތިގާލީ ކޮމިޓީން ސަރުކާރުގެ ގިނަ އިދާރާތަކާކައި އެކު ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށާއި ބައެއް އިދާރާތަކާއެކު ދެވަނަ ފަހަރަށް ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ.
އިތުރު ބައްދަލުވުންތައް ބާއްވަމުން ދަނީ ޕޯޓްފޯލިއު ބޮޑު އިދަރާތަކާއި އެކު ކަމަށެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓްރީއާ އެމްޓީސީސީ އަދި ހެލްތް މިނިސްޓްރީން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން