އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުރީފް ކުރައްވައިފިއެވެ.
އިންތިހާބުވެވަޑައިގެންފަހުން ބޭރުގެ ނޫހަކަށް މުއިއްޒު ދެއްވި ފުރަތަމަ އިންޓަވިއު ދެއްވީ އަލްޖަޒީރާއަށެވެ. އެކްސްގައި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒު އަލްޖަޒީރާ އަށް ދެއްވި އިންޓަވިއު ބެއްލިވި ކަމަށެވެ. އެއީ ވަރަށްވެސް ހިތްގައިމު އިންޓަވިއުއެއް ކަމަށެވެ. އަދި މުއިއްޒުގެ ޒައާމަތުގައި ގައުމަށް ހިދުމުތް ކުރުމުގައި ކާމިޔާބީއަށް މައުމޫނު އެދިވަޑައިގަތެވެ. މުއިއްޒު ވަނީ މައުމޫނުގެ ޕޯސްޓަށް ޝުކުރު އަދާކުރައްވާފައެވެ.
މައުމޫންގެ އެ ވާހަކަފުޅާއި ގުޅިގެން އިންތިހާބީ ރައީސް މުއިއްޒު ވަނީ މައުމޫނަށް ޝުކުރު އަދާ ކުރައްވާފައެވެ.
އިންތިހާބީ ރައީސް "އަލް ޖަޒީރާ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި އިންޑިއާ އަދި އެހެން ގައުމެއްގެ ވެސް ސިފައިން ތިބުމަށް ރައްޔިތުން ބޭނުންނުވާކަމަށެވެ. އަދި ރާއްޖޭގައި މިހާރު ތިބި އިންޑިއާ، އަދި އެ ނޫންވެސް ގައުމެއްގެ ސިފައިން ވީ އެންމެ އަވަހަކަށް ދިވެހި ފަސްގަނޑުން ބޭލުމަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދީގެން ކުރައްވާނެ އެއްކަންތައް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމަކަށް ގެންނަން ގިނަބަޔަކު ވޯޓުދިން އެއް ސަބަބަކީވެސް ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެތިބުން ކަމަށެވެ. އަދި ކަނޑައެޅިގެން ތިބީ ކިހާއަދަދެއްގެ ސިފައިންކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، މީޑިއާތަކުންވެސް އެކަން ހާމަކުރަން ގޮވާލުމުން ސަރުކާރުން އެކަމާ އިންކާރު ކުރި ކަމަށެވެ.
އެކަމަކު އެހާ ބައިވަރު ސިފައިން ތިބެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އިންތިހާބީ ރައީސް، މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ހުވާކުރައްވާތާ ފުރަތަމަ ހަފުތާތެރޭ ވެސް އިންޑިއާގެ ސިފައިންގެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާނަން. މި ޓްރާންޒިޝަނަލް ޕީރިއަޑުގައި އިންޑިއާއިން ރާއްޖެ ކަނޑައަޅުައްވާފައި ހުންނަ ސަފީރާއެކު އަޅުގަނޑު ބައްދަލުކޮށް، މިކަމަށް ހައްލެއް ހޯދުމަށް ވަނީ ވާހަކަ ދެކެވިފައި،" މުއިއްޒު ވިދާޅުވިއެވެ.
އަލް ޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ދިވެހި ތާރީހުގައިވެސް އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެގެން އެގޮތަށް ތިބުމަށް އެއް އިރެއްގައިވެސް ދިވެހިން ބޭނުންވެފައި ނެތް ކަމަށެވެ. އަދި ރާއްޖެ އަކީ ކުޑަކުޑަ ގައުމަކަށްވެފައި، މިތާނގައި ބޮޑު އަސްކަރީ ބާރެއް ނެތް އިރު، އެހެން ގައުމެއްގެ އަސްކަރިއްޔާގެ ސިފައިންގެ މީހުން ތިބުމަކީ ރައްޔިތުންނަށް އޮތް ބިރުވެރިކަމެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ