އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތައް އޮޅުވާލައިގެން ބައެއް ފަރާތްތަކުން އެ ވާހަކަތަކަށް ފާޑު ކިޔަމުން އަންނަ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ މައްސަލަ މުއިއްޒު ނަންގަވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި އެ އިންޓަވިއުގައި އިންތިހާބީ ރައީސް ދެއްކެވި ވާހަކަފުޅުގެ މުރާދު އޮޅުވާލައިގެން ބައެއް ފަރާތްތަކުން ފާޑު ކިޔަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ބޮޑެތި އިގުތިސޯދުތައް އަމަލު ކުރަމުންދާ ގޮތުން ދިވެހިރާއްޖެއަކީ ވިކްޓިމައިޒް ވެފައިވާ ގައުމެއްކަން އެ އިންޓަވިއުގައި އިންތިހާބީ ރައީސް ފާހަގަކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ. މީގެއިތުރުން ބޮޑެތި އިގުތިސޯދުތައް އަމަލު ކުރަމުންދާ ގޮތުން ދިވެހިރާއްޖެއަކީ ވިކްޓިމައިޒް ވެފައިވާ ގައުމެއްކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއެކު ވެސް ގައުމެއްގެ ގޮތުގައި ރާއްޖެ ކުރިއަރައިގެން ދާން ޖެހޭނެ ކަމަށް މުއިއްޒު ގަބޫލުފުޅު ކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ