ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފިއެވެ.
އެކްސްގައި ފާރިސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ މުހިއްމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ.
އެހެންކަމުން، އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވާ ކަމަށާއި އެ ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގެންނެވާ ކަމަށް ވިދާޅުވިއެވެ.
މީގެކުރިން 2019ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް މައްޗަންގޮޅި އުތުރު ދާއިރާ އަށް ކުރިމަތިލެއްވިއެވެ. އެފަހަރު ފާރިސަށް ލިބިވަޑައިގަތީ ދެވަނައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި