ޒުވާނުންނަށް އިސްލާމްދީނުގެ މައުލޫމާތު ދޭ ގޮތް ވިސްނުންތެރިކަމާއި އެކު ރަނގަޅަށް ބައްޓަން ކުރަން ޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ ދިވެހިންގެ ''އައިޑެންޓިޓީ'' ނުވަތަ ދިވެހިންގެ އަމިއްލަވަންތަކަން ގެއްލެމުންދާ ކަމަށެވެ.
އެކަން އިޔާދަކުރަން ޖެހޭ ކަމަށާއި ދިވެހިންނަށް އެންމެ މާތް އަދި އެންމެ މުހިއްމު ދެ އެއްޗަކީ ދިވެހި ބަހާއި އިސްލާމްދީން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގޮތުގައި އެ ދެކަންތައް ނިޒާމުގެ ތެރެއިން "އަޅުގަނޑުމެންގެ އަތުން" ނިގުޅައިގަނެގެން ގޮސް ވަރަށް ދުރަށް ގޮސްފައިވާ ކަމަށެވެ. އެކަން އަނބުރާލެވޭނީ ގައުމުގައި ތިބި، އެކަންކަމާއި މެދު ވިސްނަވާ ބޭފުޅުން އެކައްޗެއް ކިޔައިގެން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި އިސްލާމްދީނަށް އުޅޭތާ ނުވަ ގަރުނުވެގެންދާއިރުގައި މިއަދު އާދެވިފައިވާ ހިސާބުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
''ޒުވާނުންނަށް ބަވާނަވެފައިވާ ދުނިޔޭގައި އަޅުގަނޑުމެންގެ މެސެޖު، އިސްލާމިކް މެސެޖު ދޭ ވާހަކަ ދީނީ މައުލޫމާތު ދޭ ގޮތް އެބަޖެހޭ ވިސްނުންތެރިކަމާއި އެކީގައި ބައްޓަންކުރަން" މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ހަމައެކަނި އިސްލާމްދީނަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ނޫނެވެ.
އެ އުދަނގޫ ''ބިރުވެރިކަން'' ދުނިޔޭގައި ފެތުރިފައިވާ ކަމަށާއި ''އެހާ ނުރައްކާތެރި ޓްރެންޑު، އެހާ ނުރައްކާތެރި ގޮތެއްގައި ބޮޑު އޮއެވަރެއްގައި ގޮތަށް މުޅި ދުނިޔޭ މިދަނީ ބަދަލުވަމުން'' ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމަށް މަސައްކަތްތަކެއް ނުކުރާނަމަ ނިކަމެތިކަން ކުރިމަތިވާނެ ކަމަށާއި ރާއްޖެފަދަ މަދު މީސްކޮޅެއް އުޅޭ ކަހަލަ ގައުމު ވަރަށް ނުރައްކާތެރި ހިސާބަކަށް ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ.
''އެހެންވީމާ އަޅުގަނޑުމެންގެ އައިޑެންޓިޓީ އަމިއްލަވަންތަކަން އަޅުގަނޑުމެންނަކީ ކޮންބައެއްކަން އަނބުރާ އިޔާދަކުރާއިރު މިދެންނެވި ވިސްނުމުން އަޅުގަނޑުމެންގެ ކިޔަވައިދޭ ބޭފުޅުން، ޔުނިވާސިޓީތަކުން، ކޮލެޖްތަކުން އަދި އެކި އެކި ސްކޫލުތަކުން މުޅި ތައުލީމީ ނިޒާމުގެ މަސައްކަތްކުރައްވާ ބޭފުޅުންގެ ވިސްނުން ބައްޓަންކުރަން އެބަޖެހޭ'' އިންތިހާބީ ރައީސް ވިދާޅުވިއެވެ.
އެހެން ނޫނީ ނޭނގި ތިއްބާ ތުއްތު ދަރިން އިސްލާމްދީނުގެ ފިކުރާ ދުރަށްދާތަން ފެނިގެން ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ