އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވާން އެސްޓީއޯއިން އެއްމިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.
އެ ކުންފުނިން ބުނީ ދިވެހިން ފަލަސްތީނަށް އެހީވުމަށް މަސައްކަތް ފަށާފައިވާއިރު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ އެ ހަރަކާތުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުރަންސް، މޯލްޑިވްގޭސް، އެމްއެސްއެސް އަދި އެފްއެސްއެމްއިން އެ ރައްޔިތުންނާއެކު ތިބިކަމަށެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރައްޔިތުން ހިންގާ ކެމްޕެއިންގައި އެސްޓީއޯ އަދި އެސްޓީއޯ ގްރޫޕް ކުންފުނިތަކުން ބައިވެރިވެ، އެ ކުންފުނި ތަކުގެ މުވައްޒަފުންނާއި އެސްޓީއޯގެ ހިއްސާދާރުންގެ ނަމުގައި އެއް މިލިއަން ދިވެހި ރުފިޔާ، "އަހަރުމެން ފަލަސްތީނާއެކު" ޓެލެތޯން މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަވާލުކުރެވިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ