އިޒްރޭލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން އީރާނުން ގޮވާލައިފިއެވެ.
އިޒްރޭލުން ގާޒާގެ އަލްއަހްލީ އަރަބި ހޮސްޕިޓަލަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު ހުސައިން އަމީރުބުދުﷲޔަން ވިދާޅުވެއްޖެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން އޯއައިސީގެ ގައުމުތަކުގައި ތިބީ އިޒްރޭލުގެ ހުރިހާ ސަފީރުން ބޭރުކުރުމަށް އޭނާ ގޮވާލިއެވެ.
އީރާނުގެ ހާރިޖީ ވަޒީރު އެހެން ވިދާޅުވެފައި މިވަނީ އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތައް އިތުރުވަމުންދާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސައުދީ އަރަބިޔާގެ ޖިއްދާ ސިޓީގައި އޯއައިސީގެ ކުއްލި ބައްދަލުވުމެއް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ.
އަދި އިޒްރޭލުން ގާޒާގައި ހިންގާފައިވާ ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް "ޑޮކިއުމެންޓު" ކުރުމަށް އިސްލާމީ ވަކީލުންގެ ޓީމެއް އެކުލަވާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
އީރާނަކީ އިސްރާއީލާ ސިޔާސީ ގުޅުމެއް އޮންނަ ގައުމެއް ނޫނެވެ.
އަންގާރަ ދުވަހުގެރޭ އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާއެއްގައި ގާތްގަނޑަކަށް 500 އެއްހާ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ