މާލެ އަތޮޅު ދޫނިދޫ ކައިރިން މިއަދު، ކަނޑުމަތިން ފެނިފައި ވަނީ ދިވެހި ފިރިހެނެއްގެ ހަށިގަނޑުކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިއަދު ކަނޑުމަތިން ފެނުނީ ރޭ ރަސްފަންނު ސަރަހައްދުން މޫދަށް ފުންމާލި 41 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑު ކަމަށް މިހާރު ފުލުހުންގެ ތަހުގީގަށް ކަށަވަރު ކުރެވިފައި ވާކަމަށެވެ. ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މީހާ ރަސްފަންނުން މޫދަށް ފުންމާލިކަމުގެ މައުލޫމާތު ރޭ 19:25ހާއިރު ލިބުނު ކަމަށާއި އެ ވަގުތު އެ ސަރަހައްދަށް ދިޔަ ފުލުހަކަށް އެ މީހާ މޫދުގައި އޮއްވާ ފެނުމުން، އެ މީހާ ސަލާމަތް ކުރަން އުޅުނު ނަމަވެސް އެ ހިސާބަށް ފަތާފައި ނުދެވެނީސް، އެ މީހާ ވީނުވީއެއް ނޭނގި ގެއްލުނު ކަމަށެވެ.
އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ ރޭ 19:54 ހާއިރުއެވެ.
އެ ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑުން ރެއިން ފެށިގެން ހަރަކާތްތެރިވިއެވެ. އެމްޑީއެފް އިން ބުނީ މިއަދު ހެނދުނު ރަސްފަންނު ކައިރި ކަނޑުއަޑިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވަރުން ބަލާފައިވާ ކަމަށެވެ.
އޭނާގެ ހަށިގަނޑު ފެނިފައިވަނީ ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ