މަނާ ބޭސް ބޭނުންކުރިކަން ސާބިތުވެ އާޖެންޓީނާއެކު ވޯލްޑްކަޕް އުފުލާލި ޕާޕޫ ގޮމެޒް ދެ އަހަރު ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑްކޮށްފިއެވެ.
ގޮމެޒް މަނާބޭހަށް ޕޮޒިޓިވްވީ މިދިޔަ އަހަރުގެ ތެރޭ އޭނާ ސްޕެއިނުގެ ސެވިއްޔާއަށް ކުޅެމުން އަންނަނިކޮށެވެ. އެ މައްސަލަ އިތުރަށް އޭރު ތަހުގީގުކުރަނިކޮށް އޭނާ ވަނީ އާޖެންޓީނާއެކު ގަތަރުގައި އޮތް ވޯލްޑްކަޕަށް ގޮސް އެ މުބާރާތުގެ މެޗުތަކުގައި ކުޅެފައެވެ. އެ މުބާރާތުގެ ކުރިން ކުޅުންތެރިން ކުރި ޓެސްޓްތަކުގައި އެއްވެސް މަނާބޭހަކަށް ގޮމެޒް ޕޮޒިޓިވްކަން ހާމަވާކަށް ނެތެވެ.
އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ކުރި ޓެސްޓް ޕޮޒިޓިވްވުމާއެކު އެ މައްސަލަ ގޮމެޒްގެ މައްޗަށް މިހާރު ވަނީ ސާބިތުވެ، އަދަބު ދީފައެވެ. މީގެ މަހެއްކުރިން އިޓަލީގެ މޮންޒާއަށް ސޮއިކުރި ގޮމެޒްއަށް ކުރިއަށް އޮތް ދެ އަހަރު ފުޓުބޯޅަ ނުކުޅެވޭ ގޮތަށް އަދަބު ދީފައިވާއިރު، އެ މައްސަލަ އިސްތިއުނާފް ކުރުމަށް އޭނާއަށް ފުރުސަތު އެބައޮތެވެ.
ގޮމެޒް ބުނެފައިވާގޮތުގައި އޭނާ މަނާބޭހަށް ޕޮޒިޓިވްވީ ނިދަން އުޅެ ނުނިދުމުން ކުޑަކުދިންނަށް ދޭ ސިރަޕެއް ބޭނުންކުރުމުންނެވެ. އަދި އެ ސިރަޕް ބުއި އިރު، އެއީ މަނާބޭހެއްކަން ނޭންގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ގޮމެޒްގެ އުޒުރަކީ އެންޓި ޑޯޕިންގް އޮތޯރިޓީތަކުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.
ގޮމެޒްގެ މި ސަސްޕެންޝަނާއެކު 35 އަހަރުގެ ފޯވާޑް ފުޓުބޯޅައިން ރިޓަޔާކޮށްފާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑްކަޕަށް ދިއުމުގެ ކުރިން އޭނާ ޕޮޒިޓިވްވުމާއެކު ވޯލްޑްކަޕްގެ މެޑަލް އޭނާ އަތުން އަތުލުމަށްވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ ގޮވާލައިފައެވެ.
ގޮމެޒް ވަނީ އާޖެންޓީނާއިން ތަށި އުފުލާލި އިރު، ދެ މެޗެއްގައި ކުޅެފައެވެ. އެއީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗާއި، ގަދަ 16 ގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. ގޮމެޒް ވަނީ ވޯލްޑްކަޕްގެ ކުރިން ކޮޕަ އެމެރިކާގެ ތަށި އާޖެންޓީނާއިން އުފުލާލިއިރު، އެ ޓީމަށް މުހިއްމު މެޗުތަކެއް ކުޅެދީ ގޯލުވެސް ޖަހައިފައެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން