ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއާއި އޭއެފްސީއިން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ފުލުހުން އެފްއޭއެމް އިދާރާއަށް ވަދެ ފާސްކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ ގުރޫޕުގައި މިއަދު ބުނެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އަންގައިގެން ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. "ހަތާވީސް"އަށް މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ތަހުގީގުކުރަމުން އަންނަނީ އެފްއޭއެމްއަށް ބޭރުން އަންނަ ފައިސާތައް އެ އިދާރާއިން ނަހަމަ ގޮތުގައި ބޭނުންކުރަމުން އަންނަ މައްސަލައެވެ.
އެގޮތުން ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާތަކުން އެފްއޭއެމްފަށް ފޮނުވާ ފައިސާ އަމިއްލަ މީސްމީހުންގެ އެކައުންޓްތައް ފޮނުވައި މަނީ ލޯންޑަރިން އާއި ހިޔާނާތަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކޮށް ޕީޖީއިން އެ މައްސަލަ ބަލަމުން އަންނަ އިރު، ފުލުހުން މިހާރު ގެންދަނީ މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ އެފްއޭއެމް ހައުސް އަށް ވަދެ ތަހުގީގަށް އެތަން ފާސްކުރަމުންނެވެ.
މިކަމާ ގުޅިގެން އެފްއޭއެމްއިން ރަސްމީކޮށް މީޑިއާއަށް އެއްވެސް ބަހެއް ބުނެފައިވާނުވާއިރު، އެފްއޭއެމް އޮފީސް ސަރަހައްދުގައި އެ އިދާރައިގެ ބައެއް އިސްވެރިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ފުލުހުންނަށް އެއްބާރުލުންދީ އެ ސަރަހައްދުގައި މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ