އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި ފަލަސްތީން އަދި އިޒްރޭލުގެ ދިދަތައް ގެންގުޅުން މަނާކޮށްފައި އޮތް ނަމަވެސް ފަލަސްތީނަށް އޮތް ތާއީދު ސަޕޯޓަރުން ދަނޑުގެ ތެރޭ ދައްކާލައިފިއެވެ.
އިސްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ދުވަހަކަށްވުރެން ދުވަހެއް ވަރުގަދަ ކުރަމުން އަންނައިރު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކްވަނީ އެގައުމުން އަބަދުވެސް އިޒްރޭލަށް ތާއީދުކުރާނެކަން ހާމަކޮށްފައެވެ. އަދި އިޒްރޭލުން އެކުރާ ކަމަކީ އެގައުމުގެ އަމިއްލަ ދިފާއުގައި ކުރާ ކަމެއް ކަމަށްވެސް ދޭހަވާގޮތަށް އޭނާ ވަނީ އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވައިފައެވެ.
ބޮޑުވަޒީރު ރިޝީ މިދިޔަ ހަފުތާ އިޒްރޭލަށް ވަޑައިގެންފައިވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް އިޒްރޭލުގެ އުދުވާނީ ހަމަލާތަކަށް ހިތްވަރު ދެއްވުމަށް އިޒްރޭލަށް އެއް ދުވަހުގެ ޒިޔާރަތެއް ކުރައްވާފައި ވަނިކޮށެވެ. އޭގެ އިތުރުން، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވެސް އިޒްރޭލަށް ވަޑައިގެން ޔަހޫދީ ދައުލަތަށް ވަނީ ހިތްވަރު ދެއްވައިފި އެވެ.
އެކަމާ ގުޅިގެން އިނގިރޭސިވިލާތުގައި ފަލަސްތީނަށް ތާއީދުކޮށް ބޮޑެތި އެއްވުންތައް ވެސް އަންނަނީ ބާއްވަމުންނެވެ.
ނަމަވެސް މި ހަމަނުޖެހުމުގައި އެެއްވެސް ގައުމަކަށް ތާއީދުކުރުމުގެ ގޮތުން ޕްރިމިއާ ލީގުގެ ކުލަބުތަކުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުންވެސް ވަކި ގައުމުތަކެއްގެ ދިދަ ދަނޑުގައި ނުގެންގުޅެވޭނެކަން އެ ލީގުން ވަނީ މިފަހުން ހާމަކޮށްފައެވެ. ޕްރިމިއާ ލީގުގެ މި އެންގުމަށް ބެލުމެއް ނެތި ރޭ ކުޅުނު ލީގު މެޗުތަކުގައި ފަލަސްތީނުގެ ދިދަ ވަނީ ވިހުރުވާލައިފައެވެ. އަދި ބައެއް މެޗުތަކުގައި ފަލަސްތީނަށް ތާއީދުކޮށް ބެނާތައް ވެސް ދަނޑުގައި ވަނީ ހަރުކޮށްފައެވެ.
އެގޮތުން ލިވަޕޫލާއި އެވަޓަން އެންފީލްޑް ސްޓޭޑިއަމުގައި އޮތް ޑާބީ ކުރިމަތިލުމުގައިވެސް ފަލަސްތީނުގެ ދިދަ ވަނީ ގިނަ އަދަދަކަށް ސަޕޯޓަރުން ގެންގުޅެފައެވެ. އަދި ޣައްޒާ ސަލާމަތްކުރުމަށް އެދި ބެނާތައްވެސް އެންފީލްޑުގެ އެކިހިސާބުތަކުގައި ވަނީ ހަރުކޮށްފައެވެ.
މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ޝެފީލްޑް ޔުނައިޓެޑް ބަލިކުރި މެޗުގައިވެސް ފަލަސްތީނުގެ ދިދަ ވަނީ ވިހުރުވާލައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ