ހުޅުމާލެ ދެވަނަ ފިޔަވަހި ގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުން ދައްކަން ހަމަޖެހިފައިވާ އިންޓްރެސްޓް ރޭޓް ހަ އިންސައްތައަށް ކުޑަކޮށްފިއެވެ.
އާބަންކޯ އިން ބުނީ ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތައް ދައްކަން ހަމަޖެހިފައިވާ އިންޓްރެސްޓް ރޭޓް ހަ ޕަސެންޓަށް ބަދަލުވުން ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ކުލިދައްކާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް ނުވަ ޕަސެންޓުން އިން ހަ ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށެވެ.
އޭގެ ސަބަބުން ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ވެގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
އެ ބަދަލު ގެނެވިފައިވަނީ ހަމައެކަނި ދިގު މުއްދަތައް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް އެކަންޏެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އާބަންކޯ އިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ.
އެގޮތުން ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އާބަންކޯ އިން ހިންގާފައިވާ މި ވިނަރެސް މަޝްރޫއުގައި މިހާތަނަށް 288 ފަރާތަކާ އެކު އެގްރީމެންޓްގައި ވަނީ ސޮއި ކުރެވިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ