ރޭ އިސްރާއީލުން ފަލަސްތީނުގެ ގާޒާ އަށް ދިން ވައިގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައިފިއެވެ.
އަލްޖަޒީރާ ނޫހުން ބުނެފައިވާ ގޮތުގައި ރޭ ދަންވަރު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ރޭގެ ފަތިސްވުމާއި ހަމައަށް އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 110 މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.
އެ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި އިސްރާއީލުން ގާޒާގެ އުތުރުގެ އަލްޝާޓީ ރެފިއުޖީ ކޭމްޕާއި ޖަބަލިއްޔާގެ އަލް ބަލާދާއި ގާޒާގެ މެދުތެރޭގެ އަލްބުރައިޖް ރެފިއުޖީ ކޭމްޕްގެ އިތުރުން ދެކުނުގެ ދެ ސަރަހައްދެއް ކަމަށްވާ ރަފާހް އާއި ޚާން ޔޫނިސް އަށް ވެސް ވައިގެ ހަމަލާތައް ވަނީ ދީފައެއެވެ.
ފަލަސްތީނުގެ ނިއުސް އެޖެންސީ އަކުން ވެސް އެކަން ކަށަވަރުކޮށްދެމުން ބުނީ އެންމެ ގިނަ މީހުން މަރުވެފައިވަނީ ރަފާގައި ކަމަށާއި 30 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
އަދި ޚާން ޔޫނިސްގައި ކުޑަކުދިންވެސް ހިމެނޭ ގޮތަށް 23 މީހުން މަރުވެ، 80 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ސިއްހީ ފަރުވާ ދޭ ތަންތަނާއި ހަވާލާދީ އެ ނޫހުން ބުނެފައިވާ ކަމަށް އަލްޖަޒީރާގައިވެއެވެ.
މީގެ އިތުރުން އަލްޝާޓީ އާއި އަލްބުރައިޖް ރެފިއުޖީ ކޭމްޕްތަކަށް ވަކިވަކިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ