އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑްރައިޒިން ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
އަމިއްލަ ފަރާތްތަކަކާއި އާބަންކޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ގުޅިގެން ބާއްވާ އެ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ކަމަށް އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތްތަކުން މައުލޫމާތު ދެއެވެ. މީގެއިތުރުން ހުކުރު ދުވަހުގެ ރޭ 20:00 އިން 22:00 އަށް ވެސް އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.
މި ހަރަކާތް ކުރިޔަށް ގެންދާނީ ޖަމްބަލް ސޭލަކާއެކުގައެވެ. އެހެންކަމުން މި ހަރަކާތަށް އެއްވެސް އެއްޗެއް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މި ހަރަކާތަށް އެއްވެސް އެއްޗެއް ހަދިޔާ ކުރަން ބޭނުންވާ ފަރާތެއްވާ ނަމަ 9574014 އަށް ގުޅުމަށް ވަނީ އެދިފައެވެ.
"މި އިވެންޓުގައި އަޅުގަނޑުމެން ކާބޯތަކެތި ވިއްކުން ފަދަ ކަންކަން ކުރިޔަށް ގެންދާނަން. މިއީ އާބަންކޯ އާއި އައިއޭސީ ގުޅިގެން އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިޔަށް ގެންދާ އިވެންޓެއް،" ހަރަކާތް އިންތިޒާމު ކުރާ ފަރާތުން "ހަތާވީސް" އަށް މައުލޫމާތު ދިނެވެ.
މި ހަރަކާތުން ލިބޭ ހުރިހާ ފައިސާ އެއް ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އައިއޭސީއާއެވެ. އެހެންކަމުން މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް އެފަރާތުން ވަނީ އެދިފައެވެ.
ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ތަފާތު އެކި ހަރަކާތްތަކެއް ހިންގަމުންނެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް