އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ، އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުށަހެޅިފައިވާ ޝަކުވާތަކަށް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން، އިލެކްޝަނުން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅި ފަރާތްތަކަށް އެ ކޮމިޝަނުން ނިންމާ ނިންމުން، ސަބަބާއެކު އަންގާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ، އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ އާއްމުކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި އިތުރު ހަ ދާއިރާއެއް ވަނީ އިތުރުވެފައެވެ. އެހެންކަމުން މިހާރު 86 މެންބަރުން ތިއްބެވި މަޖިލީހަށް އަންނަ އަހަރު 93 މެންބަރުން އިންތިހާބު ކުރަން ޖެހޭނެއެވެ.
އިތުރުވި ދާއިރާތައް:ހުޅުމާލެ މެދު ދާއިރާހުޅުމާލެ އުތުރު ދާއިރާހިތާދޫ ދާއިރާ (ބ. ހިތާދޫ، މާޅޮސް، ދަރަވަންދޫ)ހުރާ ދާއިރާ (ކ. ހުރާ، ހިންމަފުށި، ގުޅީ)ކޮލަމާފުށި ދާއިރާ (ގއ. ކޮލަމާފުށި، ދެއްވަދޫ)ފޭދޫ އުތުރު ދާއިރާ (ސ. ފޭދޫ، މަރަދޫފޭދޫ)
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި