ހަމާސް އިން އަސީރުންގެ ގޮތުގައި ރަހީނުކުރި މީހުންނާއި މެދު އެޖަމާއަތުން ކަންތައްތައް ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށް އެ ހަމާސް އިން ދޫކޮށްލި ދެ މީހަކު ބުނެފިއެވެ.
ހަމާސް އިން ރަހީނުށްކުރި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 85 އަހަރުގެ ޔޮޗޭވެދް އާއި އުމުރުން 79 އަހަރުގެ ނޫރިތް އިއްޔެ ވަނީ މިނިވަންކޮށްފައެވެ. ހަމާސް އިން އެ ދެ އަންހެނުން މިނިވަންކުރީ އިއްޔެ ރޭގެ ވަގުތެއްގައެވެ. ހަމާސްގެ ދެ ހަނގުރާމަވެރިން އެ ދެ އަންހެނުން މިސްރުގެ ރެޑްކޮރޮސްއާ ހަވާލުކުރި ވީޑިއޯ ވަނީ ޝޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. އެ ދެ މީހުން އެމްބިއުލާންސް އަށް އެރުމުގެ ކުރިން ހާމަސްގެ ހަނގުރާމަވެރިންނާ ސަލާމްކުރާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.
މިނިވަންވުމަށް ފަހު މީޑީއާތަކާއި ވާހަކަ ދައްކަމުން ޔޮޗޭވެދް ބުނީ އަސީރުންގެ ގޮތުގައި ތިބިއިރު ހާމާސްއިން އެ މީހުންނާ މެދު ކަންތައްތައް ކޮށްފައިވަނީ އަދަބުވެރިކަމާއެކު ކަމަށެވެ. '' އެމީހުންނަށް އަހަރުމެންނަށް ބޭސްފަރުވާ ފޯރުކޮށްދިން، އަހަރުމެންގެ ހާލު ބަލަން ޑޮކްޓަރުން ގެނައި'' ތަރުޖަމާނެއްގެ އެހީގައި ހިބްރީ ބަހުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.
ހާމަސްއިން އިޒްރޭލުގެ ގިނަ އަދަދެއްގެ ބަޔަކު ރަހީނުކޮށްފައިވާއިރު އެ މީހުން ޑިމާންޑު ކުރަނީ ގާޒާއަށް ދެމުންދާ ހަމާލާތައް ހުއްޓާލުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ