މި މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގައި ކުޅުނު ވޯލްޑްކަޕް ކޮލިފައިންގް ޕްލިމިނަރީ ބުރުގެ ޕްލޭ އޮފްގައި ދިވެހި ރާއްޖެ ބަލިކުރުމުން ބަންގްލަދޭޝް ޓީމަށް އެގައުމުގެ އެފްއޭއިން 55،000 ޑޮލަރުގެ ބޯނަހެއް މުޅި ޓީމަށް ދޭން ނިންމައިފިއެވެ.
ދެ ލެގުގެ މަތިންވެސް ރާއްޖެއަށް ބަންގްލަދޭޝް އަތުން ކުރި ހޯދިފައި ނުވާއިރު، މާލޭގައި މި މަހުގެ 12 ވަނަ ދުވަހު ކުޅުނު ފުރަތަމަ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ ލެގުގައި ބަންގްލަދޭޝް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. އެއާއެކު ވޯލްޑްކަޕް ކޮލިފައިންގެ ދެވަނަ ބުރަށް ބަންގްލަދޭޝް ދަތުރު ކުރީ 2-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މިއީ ރާއްޖެއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަންގަލްދޭޝް މޮޅުވި ތިންވަނަ ފަހަރެވެ. އަދި އެ ފަސް މެޗުގެ ތެރެއިން ރާއްޖެ އެންމެ މެޗަކުން މޮޅުވި އިރު، އެއް މެޗުން އެއްވަރެވެ. ބަންގްލަދޭޝްއާއެކު ސާފް ސަރަހައްދުން ވޯލްޑްކަޕް ކޮލިފައިންގްގެ ދެވަނަ ބުރަށް ދިޔައީ އިންޑިއާ، ނޭޕާލް އަދި އިންޑިއާގެ އިތުރުން ޕާކިސްތާނެވެ. ރާއްޖެ ބޫޓާން އަދި ސްރީލަންކާ ކޮލިފައިއެއް ނުވެއެވެ.
ބަންގްލަދޭޝްއިން މި މަހު ހޯދި ކާމިޔާބީއާއެކު މިދިޔަ ހޮނިހިރު ދުވަހު ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ހިންގާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ޓީމަށް ދޭ ބޯނަސް ކަންތައްތައް ނިންމައިފަ އެެވެ. އެގޮތުން 55،000 ޑޮލަރުގެ ބޯނަސް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް 30 މީހުންނަށް ބަހާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން، ޓީމުގެ ކޮންމެ މެމްބަރަކަށް 1833 ޑޮލަރު ލިބޭނެ އެވެ.
ފަހަކަށް އައިސް ބަންގްލަދޭޝްއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ އިރު، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް އެ ޓީމުން ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މުބާރާތުގައި ރާއްޖެ 1-3 އިން ބަންގްލަދޭޝް ޓީމުން ބަލިކުރި އިރު މިއީ ވޭތުވެ ދިޔަ 20 އަހަރު މި މުބާރާތުގައި ބަންގްލަދޭޝް ޓީމުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ