ފަލަސްތީނަށް އެހީވުމުގެ ގޮތުން އާބަންކޯއިން އެހީތެރިކަން ފޯރުކޮށްދޭ 3 ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ލަސްތީނަށް އެހީވުމަށް ވަނީ ބޮޑު ތިން އިވެންޓްއެއް މިހަފްތާ ބަންދުގައި ކުރިއަށް ދާނެ ކަމަށެވެ. އެކި ޖަމިއްޔާތަކުން ހިންގާ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އާބަންކޯ އިން ވަނީ އެދިފައެވެ.
ފަލަސްތީނަށް އެހީވުމަށް ބާއްވާ ހަރަކާތްތައް:
- އިލްމުވެރިންގެ ގުޅުމާއި ހިދުމަތް ޖަމްއިއިޔާ އިން 26 އޮކްޓޯބަރުގައި ހުޅުމާލެ ފޭސް 2 ހިޔާ ޕާކުގައި "ފަލަސްތީނުގެ ހާލަތާއި މެދު" އެ މައުޟޫއަށް ދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދިމަށް ހަމަ ޖެހިފައިވާ ޕެނަލް ޑިސްކަޝަން.
- މަމްސް ޖަމިއްޔާ އިން 27 އޮކްޓޯބަރުގައި ހިޔާ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ފަންޑް ރައިޒިން އިވެންޓް
- ކޭކް ޑޯނާސް އިން 28،29، އަދި 30 އޮކްޓޯބަރުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ފަންޑް ރައިޒިންގް އިވެންޓް
އަމިއްލަ ޖަމިއްޔާތަކުން ފަލަސްތީނަށް އެހީވުމަށް އެކި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު އިޒްރޭލުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ދެ މިލިއަން މަސްދަޅު ފޮނުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ